ހުޅުމާލެ ހޮސްޕިޓަލުގައި އޮތް މާބަނޑު މީހަކަށް ކޮވިޑް ޖެހިއްޖެ

ހުޅުމާލެ ހޮސްޕިޓަލް --- ފޮޓޯ / އަވަސް

ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކަށް ކޮވިޑް ޖެހިއްޖެއެވެ.

އެމީހާ އަށް ކޮވިޑް ޖެހުނީ ހޮސްޕިޓަލުގައި އެޑްމިޓު ކުރި ފަހުން ކަމެއް ނޫން ކަމެއް ނޭނގެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތް މާބަނޑު މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އައިޖީއެމްއެޗުން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނިފައެވެ. އޭގެތެރޭގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެޑްމިޓް ކޮށްފައި ތިބި ބަލި މީހުންވެސް ހިމެނެއެވެ.

އިއްޔެވެސް ރާއްޖެއިން ވަނީ 55 މީހަކަށް މިބަލި ޖެހިފައެވެ. ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 3175 އަށް އަރާފައެވެ. މިހާރު ބައްޔަށް ފަރުވާދެމުން އަންނަނީ 647 މީހަކަށެވެ.

ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 57 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *