ތައުލީމީ ބިލުގައި ހުރި ކަންބޮޑުވުންތައް ސިޓީއަކުން ރައީސަށް ދަންނަވައިފި

އިއްޒުންދީން ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ދަރިވަރުން ގޮވައިގެން ރައީސް ސޯލިހު --

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައިގެން ކޮމެޓީ މަރުހަލާގައި ދިރާސާ ކުރަމުން އަންނަ ތައުލީމީ ބިލުގައި ހުރި ކަންބޮޑުވުންތައް ސިޓީއަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

މި ކަންބޮޑުވުންތައް ރައީސް ސޯލިހަށް ހިއްސާ ކޮށްފައިވަނީ ޓީޗާސް އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން މިގޮތަށް ސިޓީއަކުން ކަންބޮޑުވުންތައް ރައީސަށް ހިއްސާ ކުރެއްވީ ބިލު ދިރާސާ ކުރަމުން އަންނަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ކޮމެޓީ މަރުހަލާގައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައި ނުވުމުންނެވެ.

އެކަމާއި އެ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ތައުލީމީ ބިލާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލާ މަޝްވަރާ ބައްދަލުވުން ވެސް މިހާރު ވަނީ ބާއްވާފައެވެ.

ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އެ ބިލުގައި ރެޖިސްޓްރީކޮށް ލައިސަންސް ހޯދުމަކާ ނުލައި ޓީޗަރުންނަށް ކިޔަވައި ނުދެވޭނެ ގޮތް ވަނީ ހަދާފައެވެ.

ތައުލީމުގެ ބިލުގައި ލާޒިމުކޮށްފައިވަނީ ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރެޖިސްޓްރީ ކުރުމަށެވެ. އެގޮތުން ތައުލީމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި އެގޮތަށް ރެޖިސްޓްރީކޮށްފައިވާ ފަރާތަކަށް މެނުވީ ޓީޗަރުކަމުގެ ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

ލައިސަންސްއަކާ ނުލައި ކިޔަވައި ނުދެވޭނެ ތަންތަނުގެ ތެރޭގައި ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތަކާއި، ނާސަރީ އަދި ބޭބީ ނާސަރީ އާއި ޕްރީސުކޫލުތަކުގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ޓިއުޝަން ކްލާސްތައް ހިމެނެއެވެ.

ތައުލީމުގެ ބިލުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ކުދިންނަށް ލާޒިމުވާ ކަންކަން ވަނީ ހިމަނާފައެވެ. އެގޮތުން ކުދިން ސުކޫލަށް ފޮނުވުން ބެލެނިވެރިންގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، ކުދިން ސުކޫލަށް ދޭތޯ ބެލުމަކީ ސުކޫލުތަކާއި ޓީޗަރުންގެ ޒިންމާއެއް ކަމަށް ވަނީ ހިމަނާފައެވެ.

ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ދިރިއުޅޭ، އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުގެ ކުއްޖެކެވެ. އަދި މަޖުބޫރު ތައުލީމު ލާޒިމުވަ ކޮންމެ ކުއްޖަކަށް ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީ ސުކޫލު ތައުލީމުން ފެށިގެން ސާނަވީ ތައުލީމާ ހަމައަށް ކިޔަވަން ސުކޫލަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

މަގުބޫލު އުޒުރެއް އޮވެގެން މެނުވީ މަޖުބޫރު ތައުލީމު ލަޒިމުވާ އުމުރުފުރާގެ ކުދިން ގަވައިދުން ސުކޫލަށް ދާން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. މަގުބޫލު އުޒުރުގެ ތެރޭގައި ހިމެނެނީ ބަލިހާލަތު ހުރިގޮތުން ސުކޫލަށް ހާޒިރުވެވެން ނެތުމާއި ސަސްޕެންޑް ކުރުމުގެ ސަބަބުން ސުކޫލަށް ހާޒިރު ނުވެވުމާއި، އިތުރު ކަންކަން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *