ގްރޭޑް 7،8 ގެ ކިޔެވުން އަންނަ މަހު ފަށަނީ

ހުރަވީ ސްކޫލު ކުދިންތަކެއް --

މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑު 7 އަދި 8 ގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 16 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭ ސިޓީގެ ސްކޫލުތަކުގެ ކީ ސްޓޭޖު 3 (ގްރޭޑް 7 އަދި 8)ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލުތަކުގައި އަންނަ މަހުގެ 16 ގައި ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ސްކޫލްތަކުގައި ކިޔެވުން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސްކޫލްތައް ހުޅުވާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި މި ހާލަތުގައި އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސިއްހީ ރައްކާތެރި ކަމަށް ކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލަށް އަންނައިރު ހުން ބަލާ ތާމޯމީޓަރު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި ސްކޫލްތައް އަންނަ މަހުގެ އެކެއްގައި ހުޅުވޭއިރު މި ތަކެތި ސްކޫލްތަކަށް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ކުޑަކުދިން އިތުރުވި ނަމަވެސް އެ ބަލި އެ ކުދިންނަށް ޖެހެނީ ސްކޫލްގެ ތެރެއިން ނޫން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *