ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނުގެ ރިޕޯޓު ރައީސަށް އަރުވައިފި

ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަން---

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން ވަނީ އަޅުގަނޑަށް ހުށަހަޅާފަ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރަން ފަށާފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަން ފަށާފައި ވަނީ 2012ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހަށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ. އަދި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތަކުގެ ތެރެއިންވެސް އެކަށީގެންވާ މިންވަރަށް މިހާތަނަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައްވެސް ހިމެނެއެވެ.

މި ކޮމިޝަން އުފައްދާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވި ފުރަތަމަ ދުވަހުއެވެ. އެ ކޮމިޝަނުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 އަށެވެ.

Leave a Reply

Your email address will not be published. Required fields are marked *