އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި ދެ މީހަކަށް ކޮވިޑް ޖެހިއްޖެ

ބ. އޭދަފުށި ---

ބ. އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ހަތާވީސް އޮންލައިން" އަށް މައުލޫމާތު ދެމުން އޭދަފުށިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ދެ މީހުންނަކީ ވެސް އެ ރަށުގައި ހިންގާ ރެސްޓޯރަންޓެއްގައި މަސައްކަތް ކުރުމަށް ގެނެސްފައި ތިބި ދެ ބިދޭސީން ކަމަށެވެ.

އެ މީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެމީހުން މާލެއިން އޭދަފުއްޓަށް އައިސްފައި ވަނީ މި މަހުގެ 8ވަނަ ދުވަހު ކަމަށް އޭނާ ބުންޏެވެ.

އެމީހުންގެ ކަރަންޓީން މުއްދަތު ހަމަވެ ޓެސްޓު ހަދާފައި ވަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ހަދާފައިވާ ކޮވިޑްއަށް ފަރުވާ ދޭ ސެންޓަރުންނެވެ.

އިއްޔެ ބ. ހިތާދޫ އިން ވެސް ހޯމް ކަރަންޓީންގައި ހުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *