އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރައީސުޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ / މިހާރު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް ކަމަށެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާދަމާ އަދި އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިއަދު ވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޒާހިދު މަގާމުން ވަކިކޮށްފައެވެ. މީގެއިތުރުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް ނިންމާފައި ވާތީ އެ ކޮމިޝަނުގެ ނާއިބު ރައީސް އާމިނަތު އީނާސާއި އައިޝަތު އަފްރީން އަދި ކޮމިޝަނުގެ މެންބަރު މޫސާ އަލީ ކަލޭފާނު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *