ފަސް ގައުމަކަށް ކަނޑައެޅި ސަފީރުންނަށް ރުހުން ދީފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފަސް ގައުމަކަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވި މައްސަލާގައި ހުރިހާ ސަފީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރުހުން ދެއްވި ބޭފުޅުންގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައިމިނަތު ޝަބީނާ އާއި ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުގެ މަގާމަށް ކަނޑައަޅުއްވާފައިވާ ޝިރުޒިމަތު ސަމީރު ހިމެނިވަޑައިގަންނަވައެވެ.

ޕާކިސްތާނަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ފަރްޒާނާ ޒާހިރާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒުގެ އިތުރުން ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބު ކަމަށް ކަނޑައަޅާފައިވާ ޑރ. އާސިމް އަހްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ހުރިހާ ބޭފުޅުންނަށް ވޯޓު ދެއްވީ ވަކި ވަކިންނެވެ. ކޮންމެ ބޭފުޅަކު ވެސް ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *