އެޗްއާރްސީއެމްގެ ނާއިބު ރައީސް ޒާހިދު މަގާމުން ވަކިކޮށްފި

އެޗްއާރްސީއެމްގެ ނާއިބު ރައީސް ޒާހިދު: ފޮޓޯ / ސަން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މަގާމުން ވަކިކޮށްފިއެވެ.

ޒާހިދު މަގާމުން ވަކި ކުރުމަށް 69 މެންބަރުން ވޯޓު ދެއްވިއެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރުމާއި ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެގޮތަށް ވޯޓު ދެއްވީ ކޮން ޕާޓީއެއްގެ މެންބަރުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޒާހިދު މަގާމުން ވަކިކުރިއިރު އެޗްއާރްސީއެމްގެ މެންބަރުން މަގާމުން ވަކި ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވަނީ ނިންމާ އެކަން ތަޅުމަށް ފޮނުވާފައެވެ. އެއާއިއެކު އެ ކޮމިޝަނުގެ ނާއިބު ރައީސް އާމިނަތު އީނާސާއި އައިޝަތު އަފްރީން އަދި ކޮމިޝަނުގެ މެންބަރު މޫސާ އަލީ ކަލޭފާނު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *