ހުޅުމާލޭގައި 14ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ޓަވަރުތަކެއް: ފޮޓޯ / މިހާރު

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވީ ބިދޭސީއެއް ކަމަށެވެ. އޭނާއަކީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 13:40 ހާއިރުގައި ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ބިދޭސީ މީހާ ވެއްޓުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްޕީއެލް އިން އިމާރާތް ކުރަމުން އަންނަ ޓަވަރަކުންނެވެ.

އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *