ހޯމް މިނިސްޓަރު ކަމަށް އިމްރާން ޝަރުތު ހަމަވާ ކަމާމެދު ސުވާލު އުފައްދައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އެ މަގާމަށް ޝަރުތު ހަމަވާ ކަމާމެދު މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ރާއީ ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރުގުޔާ ކުރައްވަމުން ގެންދަވާ ވީޑިއޯ އެއް އާއްމުވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި އިމްރާނަށް ތުހުމަތު ކުރެވެން އަންނަ ޖިންސީ ފުރައްސާރައިގެ އޯޑިއޯ އަކާއި ގުޅޭ ގޮތުން ވެސް ރާއީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މަކުނުދޫ ދާއިރާގެ މެންބަރު ރާއީ -- ފޮޓޯ / މަޖިލިސް

ރާއީ ވިދާޅުވީ އެއިން އެއްވެސް ކަމަކާއި ގުޅިގެން މިހާތަނަށްވެސް ސަރުކާރާއި ހޯމް މިނިސްޓަރު އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން އެއްވެސް ކަމެއް ރައްޔިތުންނަށް ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

"ސަރުކާރުގެ ވަޒީރަކާއި މެދު މި ސުވާލުތައް އުފެދެމުން މިދަނީ. ވީމާ ވަރަށް އާދައިގެ ބޭފުޅުންނަށްވެސް އެނގޭ ބުއްދި އާއި ސަލާމަތާއި ހަމައަށް ހުންނަން ޖެހޭކަން ވަޒީރުކަން ކުރަންޏާމު. އެއީ ޝަރުތެއް. އެގޮތަށް އެކަން ކުރެވެމުން ދަނީ. އަޅުގަނޑުމެން ނޭދެން ފުލުސް އޮފީސް މަތިކޮށްފައިވާ ވަޒީރަށް ސީދާ ފުލުހުން ވެސް އެ ބޭފުޅާ އާއި މެދު ޝައްކު އުފެދޭ ކަންކަން ފެނިގެން ދިޔައީމަ ސީދާ އެ ބޭފުޅާ ނޫނީ އެ ބޭފުޅާ ނިސްބަތްވާ ޕާޓީއިން، ނޫނީ ސަރުކާރުން، ސަރުކާރުގެ ކޯލިޝަނުން، ކެބިނެޓުން އެބަޖެހޭ ސާފުކޮށްދޭން އެއީ ކޮންކަންތައްތަކެއްތޯ." ރާއީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *