ހާލަތަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް19 ރޯގާގެ ހާލަތަށް އަންނަ ބަދަލާއެކު ހަމަޖައްސަންޖެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ވަނީ ކޮވިޑް19 އާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ޙިއްޞާކުރައްވައިފިއެވެ.

އަދި މި ރޯގާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ރޯގާގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިނުމާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 33 މީހުން ޕޮޒިޓިވް ވެފައިވާއިރު، 23 މީހުންނަކީ ދިވެހިންނެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ މި ހާލަތުގައި 30 މީހުންނަށް ވުރެ ގިނަ މީހުން ތަންތަނަށް އެއް ނުވުމަށް އިލްތިމާސްކޮށްފައެވެ.

އަދި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަން ޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށް ވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް ވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް ވަނީ އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *