އެންއައިސީގެ ރައީސްގެ މަގާމުން ސުލައިމާން ވަކިކުރަން ރައީސަށް ލަފާ ދީފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ސުލައިމާން: ފޮޓޯ / ސަން

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން މަގާމުން ވަކި ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ސުލައިމާން މަގާމުން ވަކި ކުރެއްވުމަށް ރައީސަށް ލަފާ އެރުއްވުމަށް ފާސް ކުރެއްވީ 58 މެންބަރުންގެ ވޯޓުންނެވެ.

ސުލައިމާން މަގާމުން ވަކި ކުރުމަށް ރައީސް އަށް ލަފާ އަރުވަން ފާސްކޮށްފައި ވަނީ ސުލައިމާން ވެސް ހިމެނިވަޑައިގަންނަވާހެން އެ ކޮމިޝަނުގެ ހަތަރު މެންބަރަކު މަގާމުން ވަކި ކުރުމަށް ރައީސް ސޯލިހަށް ލަފާ އަރުވަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާފައި ވަނިކޮށެވެ.

އެގޮތަށް ނިންމާފައި ވަނިކޮށް އެ ކޮމިޝަނުގެ ތިން މެންބަރަކު މަގާމުން އިސްތިއުފާ ދެއްވިއެވެ. އެއީ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ.

ސުލައިމާން އެންއައިސީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ 2018ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ އަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސެވެ.

Leave a Reply

Your email address will not be published. Required fields are marked *