ބިދޭސީންގެ އިހުތިޖާޖުތަކަކީ ބަޔަކު ފޮރުވިގެން ތިބެ ހިންގަމުން އަންނަ ކަމެއް: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ --

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން އިހުތިޖާޖު ކުރަމުން އަންނަނީ ހަމައެކަނި މުސާރައިގެ މައްސަލާގައި ނޫން ކަމަށާއި އެމީހުންގެ އިހުތިޖާޖުތަކަކީ ބަޔަކު ފޮރުވިގެން ތިބެ ހިންގަމުން އަންނަ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ބިދޭސީންގެ މައްސަލަތަކަކީ ރާއްޖޭގައި މިފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުން މި އަންނަ ބިދޭސީންގެ މައްސަލަތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތަކެއް ކަމަށެވެ.

"ހުޅުމާލޭގައި އެ ހިންގި ހަމަނުޖެހުމުގައިވެސް ހަމަ ފެނިގެން ދިޔައީ ފުލުހުންނަށް ހަމަލާ ދިން މަންޒަރު. މިކަން މިގޮތަށް ކުރެވެމުން ދާއިރު އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މިއީ ގައުމީ ސަލާމަތާއި ގުޅޭ ކަމެއްކަން" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލާގައި އެ މީހުން އަންނަނީ މިފަހަކަށް އައިސް އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ އިހުތިޖާޖު ކުރަން ފެށީ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. އެއަށްފަހު ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތް ކުރާ ބިދޭސީންވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *