ރޮޒައިނާ ދެއްކި ވާހަކައަކުން އާޒިމް އާއި އިންތި ވަރަށް ނުރުހިއްޖެ

އަލީ އާޒިމް އާއި ރޮޒައިނާ އާދަމް އަދި އިމްތިޔާޒު ފަހުމީ --

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ޑރ. އަލީ ނިޔާފު ދެއްވި ހިޔާލުތަކަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް ސަރުކާރު ހިންގާ މައިޕާޓީގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރައްވާކަން ހާމަކުރައްވާ ދެއްކެވި ވާހަކަފުޅުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ނުރުހުން ފާޅުކުރައްވައިފިއެވެ.

ޑރ. ނިޔާފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގެ ސަބަބުން މިސްކިތްތައް ހުއްޓުވޭ ހާލަތައް ދާނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުވެން ޖެހޭނެ ހާލަތައް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"މިސްކިތެއް ހުއްޓުވޭ ހާލަތަކަށް އަޅުގަނޑުމެންނަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް، ބައްޔެއް ފެތުރެމުންދާ ހާލަތެއްގައި، ސަލާމަތީ ކަންކަން ނެތް ތަނެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ." ޑރ.އަލީ ނިޔާފް ވިދާޅުވިއެވެ.

ނިޔާފްގެ އެ ވާހަކަތަކަށް ތާއީދު ކުރައްވާ ރޮޒައިނާ ވިދާޅުވީ ނިޔާފްގެ އެ ހިޔާލުތައް ބިލު ދިރާސާ ކުރާއިރު ކޮމެޓީ މަރުހަލާގައި ރިއާޔަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރޮޒައިނާ އަށް ރައްދު ދެއްވާ އަލީ އާޒިމް ވިދާޅުވީ އެމްޑީޕީގެ ޗީފް ވިޕްގެ ހައިސިއްޔަތުން އެ މައްސަލާގައި ބަހުސް ކުރައްވަން ޖެހޭ ތަނަކީ ސޯޝަލް މީޑިއާ ނޫން ކަމަށާއި އެ މައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރޮޒައިނާ އުޅުއްވަނީ އޭނާގެ މަގުބޫލުކަން އިތުރު ކުރުމަށް ކަމަށެވެ.

ރޮޒައިނާ ވެސް ވަނީ އަލީ އާޒިމް ދެއްކެވި ވާހަކައަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ އޭނާ ތާއީދު ކުރެއްވީ ޑޮކްޓަރެއް އާއްމު ފޯރަމެއްގައި ދެއްކެވި ވާހަކައަށް ކަމަށެވެ. އަދި އާޒިމް ދެއްކެވި ވާހަކައަކީ ހާލަތާ ނުވެސް ގުޅޭ ވާހަކައެއް ކަމަށެވެ. ރޮޒައިނާ އެހެން ވިދާޅުވުމުން އާޒިމް ވިދާޅުވީ ރޮޒައިނާ ޕާޓީގެ ލީޑަރާއި ދެކޮޅަށް އެއްޗެއް ބުނި ނަމަވެސް އެއީ ބޭނުންތެރި ވާހަކައެއް ކަމަށް ވާކަމަށާއި ރޮޒައިނާގެ ޓްވީޓަކަށް މީހަކު ރިޕްލައި ކޮށްފިނަމަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލަން ޖެހޭކަމަށެވެ.

ރޮޒައިނާ އާއި އާޒިމްގެ ޒުވާބުގެ ތެރެއަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަދެވަޑައިގެން ވަނީ ރޮޒައިނާ އާއްމުކޮށް މަޖިލީހަށް ވަޑައިގަންނަވަނީ ގަޑިޖެހިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން އިންތި ވިދާޅުވީ ރޮޒައިނާ އާއްމުކޮށް މަޖިލީހަށް ވަޑައިގަންނަވަނީ 11:30ގައި ކަމަށެވެ. އަދި ރޮޒައިނާ އަށްވުރެ ޑރ. ނިޔާފް ދެއްކެވި ވާހަކަ އެނގިވަޑައިގަންނަވާނީ އިންތި އަށް ކަމަށާއި އެއީ އޭނާއަކީ އެ ފޯރަމްގައި އިންނެވި ބޭފުޅެއް ކަމަށް އިންތި ވިދާޅުވިއެވެ.

ޑރ.އަލީ ނިޔާފްއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަންއެވެ. ރާއްޖޭގެ ގިނަ ބަޔަކު އިތުބާރު ކުރައްވާ ޑރ. ނިޔާފު ދެއްކެވި ވާހަކައަށް އެމްޑީޕީގެ މަޖިލިސް މެންބަރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެ މެންބަރުންނަށް އާއްމުންގެ ފާޑު ކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހަމަ ޑޮކްޓަ ރުންދޯ މަޖިލީސް ބަންދު ނުކޮށް މިސްކިތްތައް ބަންދު ކު ރީވެސް އޭ ރު ކޮބާބާ ތިބުނާ މޮޅު ނިޔާފް. ކޮ ރޯނާގެ ބަލިމަޑުކަމުގައި ގިނަ ޑޮކްޓަ ރުންތަކެއް ރެޔާދުވާލު ހޭބޯނާ ރާ މަސައް ކު ރިިއި ރު ކޮބާތޯ ނިޔާފް ދެނ

ހިޔާލު ދެއްވާ!

Your email address will not be published.