އަދީބުގެ ދައުވާތައް ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ---

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިގެންފިއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުން ބުނީ އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދީބުގެ މައްސަލަތައް ބާތިލްކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ރަޝީދަށް ފާޑު ވިދާޅުވެޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ޝަރީއަތުގައި އެކަމެއްގެ ވާހަކަ ނުދެކެވެނީސް، ގާޒީއަށް އެނގޭ މައުލުމާތުތަކެއްގެ މައްޗަށް ހުކުމް ކުރަންވެއްޖެނަމަ ފުލުހުން އަދި ޕީޖީގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. “ހެއްވާ ގޮތަކަށް” ކުރެއްވި ހުކުމާ ގުޅިގެން ގާޒީ އިސްމާއިލްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި މައްސަލަ ބެއްލެވި ގާޒީގެ މައްސަލަވެސް ޕީޖީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމުން އިއްޔެ ޖޭއެސްސީން ވަނީ ގާޒީ ދެ މަސް ދުވަހަށް ސަސްޕެންޑު ކޮށްފައެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަނީ ގާޒީ އިސްމާއީލް ރަޝީދު ފާޅުކަންބޮޑުގޮތެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

އިސްމާއީލް ރަޝީދު ސަސްޕެންޑުކުރީ އެ މައްސަލައިގެ ބާވަތަށާއި އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ބަޔާނުގައިވެއެވެ.

ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްސީލު ތަހުގީގުކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެމަތިން ހާމަކުރާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *