މޫސުން ވަރަށް ބޮޑަށް ގޯސްވެއްޖެ، މުޅި ރާއްޖެއަށް ޔެލޯ އެލާޓުވެސް ނެރެފި

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީގައި މީހަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / ޕީއެސްއެމް

މުޅި ރާއްޖޭގެ މޫސުން ގޯސްވެ ހުރިހާ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

އެންމެ ފުރަތަމަ ޔެލޯ އެލާޓު ނެރުނީ ލ. އަތޮޅުން އައްޑޫ ސިޓީއަށެވެ. އެއީ 15:15 ގައެވެ. އޭގެފަހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލައި 55 މޭލާއި ދެމެދުގެ ބާރުނިމުގައި ވައި ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *