ރާއްޖެއިން ބޭރުން މާލެއަށް އަންނަ ހުރިހާ އެންމެން ކަރަންޓީންވާން މަޖުބޫރު!

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

ރާއްޖޭން ބޭރުން މާލެ އަންނަ ދިވެހިންނާއި މަސައްކަތު މީހުންނާއި 14 ދުވަހު ގޭގައި ކަރަންޓީން ވުން މަޖުބޫރުކޮށްފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ ބުދަ ދުވަހުއެވެ. އެއާއިއެކު މިދިޔަ އަންގާރަ ދުވަހު އެޗްޕީއޭ އިން ވަނީ ރާއްޖެއިން ބޭރުން މާލެއަށް އަންނަ މީހުން ކަރަންޓީން ވުމަކީ ރައްކާތެރި ކަމެއް ކަަމށް ބުނެފައެވެ. ނަމަވެސް އޭރު ކަރަންޓީން ވުމަކަށް މަޖުބޫރު ކޮށްފައެއް ނުވެއެވެ.

ނަމަވެސް މިއަދު ވަނީ އަނެއްކާވެސް އެ އުސޫލު ބަދަލުކޮށް އައު އުސޫލެއް އާއްމުކޮށްފައެވެ. މިއަދު އާއްމުކުރި އުސޫލުގައި ބުނެފައިވަނީ ރާއްޖޭން ބޭރުން އައިސް މާލޭގައި ތިބޭ ދިވެހިންނާއި މަސައްކަތް ކުރަން އަންނަ މީހުންނާއި އެ މީހާގެ އާއިލާ މީހުން ވެސް ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.

އުސޫލުގައި ބުނެފައިވަނީ އެފަދަ މީހުން ކަރަންޓީންވާން ޖެހޭނީ އެމީހަކު އަމިއްލަ އަށް ކަނޑައަޅާ ތަނެއްގައި ކަމަށެވެ. އެ އުސޫލުގައި ބުނެފައިވަނީ ގޭގައި 14 ދުވަހު ކަރަންޓީން ކުރާ މީހާ ބޭރު ތެރެއަށް ނުކުމެ އުޅުމުގެ ހުއްދަ ދެވޭނީ ކޮވިޑް19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީންވުމަށް މަޖުބޫރު ކޮށްފައިވާއިރު ލޮކްޑައުން އަށް ލުއިތައް ދިން ފަހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *