މިއަދު ޕޮޒިޓިވްވީ 14 މީހުން، ބަލިން ރަނގަޅުވީ އެންމެ މީހެއް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 14 މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝް ތިން މީހަކާއި އިންޑިއާ މީހެއް ކަމަށެވެ. މިއާއިއެކު މުޅި ޖުމްލަ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2913 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ބަލިން ރަނގަޅުވީ އެންމެ މީހެއް ކަމަށެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 2340 މީހެކެވެ. އަދި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 543 މީހުންނެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *