މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފި

ބޯކޮސް ވާރޭ ވެހެނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރު 14:00 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުނެފައެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބު ތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަ ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *