އަނެއްކާވެސް އަދަދު މައްޗަށް، މިއަދު 68 މީހަކަށް ބަލި ޖެހުނު

ކޮވިޑް19 ޖެހިފައި ހުރިތޯ ބެލުމަށް ސާންޕަލް ނަގަނީ: ބަލި ޖެހުނު ދިވެހިންގެ އަދަދު 1000 ވުރެ ގިނަ-- ފޮޓޯ/ ރާއްޖެއެމްވީ

ކޮވިޑް19 ޖެހުނު އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މިއަދު އެކަނިވެސް 64 މީހަކަށް ބަލި ޖެހުނުއެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރޭގައި 47 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ފިލިޕީސް ތިން މީހަކާއި ލަންކާގެ ހަތަރު މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.

މިއީ ލޮންޑައުން އުވާލައި، ނިއުނޯމަލްއަށް އަމަލު ކުރި ފަހުން، މިހާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު އަދަދު 2،899އަށް އަރައެވެ. ބަލިން ރަނގަލުވި އަދަދަކީ 2،339އެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އެގޮތުން 1711 މީހަކަށް ބަލި ޖެހިފައިވާއިރު، 1051 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *