މަސް ފެންގަނޑަކަށް 14 މަހުގެ ކުއްޖަކު ވެއްޓި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި

ލ. ގަން ރީޖަނަލް ހޮސްޕިޓަލް --

ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު އުމުރުން 14 މަހުގެ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މަސް ފެންގަނޑަކަށް ވެއްޓުނު އެކުއްޖާ އަކީ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެނައީ މިއަދު އިރުއޮއްސުނު އިރުއެވެ.

މި ހަދިސާ ހިނގާފައި ވަނީ އެރަށު މަތިމަރަދޫ އަވަށުގައެވެ.

މީގެކުރިންވެސް ގަމުގައި ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެގޮތުން ދެ އަހަރުގެ ކުއްޖަކު ފެންގަނޑަކަށް ވެއްޓި އެކުއްޖާގެ ހާލު ސީރިއަސްވެ އެކުއްޖާ އަށް ވަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި މީގެކުރިން ފަރުވާ ދީފައެވެ. އަދި ދުވަސްތަކަކަށްފަހު އެކުއްޖާގެ ހާލަތަށް ބަދަލެއް ނައުމުން ވަނީ އިންޑިއާ އަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *