އިދިކޮޅުގެ "ފެއިލްވެއްޖެ" ޖަލްސާ ބާއްވަން ހުއްދައެއް ނުލިބުނު

ޕީޕީއެމްގެ ޖަލްސާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް ޓުވީޓާ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ބޭއްވުމަށް ނިންމާފައިވާ "ފެއިލްވެއްޖެ" ޖަލްސާ ބޭއްވުމަށް ހުއްދަ ނުލިބުމުން ޖަލްސާ ފަސްކޮށްފިއެވެ.

"ފެއިލްވެއްޖެ" މި ޖަލްސާ މީގެ ކުރިން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައެވެ. ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝުޖާއު ވިދާޅުވީ ޖަލްސާ ބޭއްވުމުގެ ހުއްދަ މިހާރު ލިބެން ޖެހޭ ހުއްދަތައް ލިބިފައި ނުވާތީ ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ކަމާއި ބެހޭ އެކި ވުޒާހަރާތަކަށް ރެލީ ބޭއްވުމަށް ހުއްދަ ހޯދުމަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އެންމެ ސިޓީއެއްގެ ޖަވާބު ފިޔަވައި އިތުރު އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީ އަށް ވެސް ސިޓީ ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ މިނިސްޓްރީން ޖަވާބެއް ލިބިފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

1 thought on “އިދިކޮޅުގެ "ފެއިލްވެއްޖެ" ޖަލްސާ ބާއްވަން ހުއްދައެއް ނުލިބުނު

  1. ހަތާވީސް މީލާދީނީ އެމްޑީޕީގެ ވަގު 32.7 ބިލިޔަން ރުފިޔާ 2019 ދަވާލައިފި 2020 ގެ 38.7 ބިލިޔަން ރުފިޔާ ދަވާލައިފި ޕީޕީއެމް ޕީއެންސީ ގެ ޖަލްސާ ބާއްވަން ފުރުސަތު ލިބޭނެ ދުވަހެއް ﷲގެ رحمة ފުޅާއެކު ލިބޭނެ ދުވަހެއް އަންނާނެ އދުވަހަކުން ލާދީނީ ބައިގަނޑު ސިއްސައިގެން ދާނެ މިހާރު އެއްވާންވީ 30 މީހުން ކޮވިޑް-19 ނުޖެހޭނެ

Leave a Reply

Your email address will not be published. Required fields are marked *