ސޮނެވާފުށީގައި މަސައްކަތްކުރާ ދިވެއްސަކަށް ކޮވިޑް ޖެހިއްޖެ

ސޮނޭވާފުށީގެ މޫދު ކޮޓަރިއެއް --

ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރިސޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވިކަން އެނގިގެން ދިޔައީ ރިސޯޓުގެ މުވައްޒަފުން ކޮވިޑް19 އަށް ޓެސްޓު ކުރުމުން ކަމަށެވެ. ޕޮޒިޓިވްވި މުވައްޒަފު މިހާރު ވަނީ އެކަހެރިކޮށްފައެވެ.

އެ މުވައްޒަފަކީ މުވައްޒަފަކާއި ވެސް އަދި އެއްވެސް ފަތުރުވެރިޔަކާވެސް ބައްދަލުވެފައިވާ މުވައްޒަފެއް ނޫން ކަމަށް ރިސޯޓުން ބުންޏެވެ. ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފުގެ އިތުރު ސާމްޕަލްއެއް ނަގާފައިވާއިރު އަދި އެ ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް ސޮނޭވާފުށިން ބުނެއެވެ.

ކޮވިޑް19 ރާއްޖެއިން ޖެހުނު 2،801 މީހުންގެ ތެރެއިން 1051 މީހުންނަކީ ދިވެހިންނެވެ. ކޮވިޑް19 ޖެހިގެން މިއަދާ ހަމައަށް ރާއްޖެއިން 14 މީހަކު މަރުވެފައިވާއިރު، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2،302 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *