ތިން މަސް ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ، ފުރަތަމަ ފްލައިޓު ޖައްސައިފި

ބޯޑަރު އަލުން ހުޅުވުމާއިއެކު ރާއްޖޭގެ ވައިގެ ބަނދަރަށް ފުރަތަމަ ޖެއްސި ބޯޓު: ފޮޓޯ / ހަތާވީސް

ކޮވިޑް19 ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ، ރާއްޖެ އަށް ފުރަތަމަ ފްލައިޓު ޖައްސައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި މިވަނީ ބޯޑަރު ތިން މަހާއި 18 ދުވަސް ފަހުންނެވެ. ބޯޑަރު އަލުން ހުޅުވާލުމާއި އެކުގައި ރާއްޖެ އަށް އެންމެ ފުރަތަމަ ޖައްސާފައިވާ ފްލައިޓަކީ ގަތަރު އެއާވޭސްގެ ފްލައިޓެވެ.

ގަތަރު އެއާވޭސްގެ ފްލައިޓު ރާއްޖޭގެ މައިގެ ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސާފައި ވަނީ މިއަދު ހެނދުނު 8:27ގައެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފައެވެ. އެ ފްލައިޓުގައި 24 ދިވެހިން ވެސް ވަނީ ރާއްޖެ އައިސްފައެވެ.

ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭނެއެވެ. އަދި ކޮވިޑް19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ޓޫރިސްޓުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *