ފުލުހުންނާ ކުރިމަތިލި 41 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭގައި ހިންގި ހަމަނުޖެހުމުގައި ފުލުހުންނާ ކުރިމަތިލިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ 41 ބިދޭސީންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ބުނީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ބިދޭސީން ކޯޓަށް ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި 15 ދުވަހަށް ބަންދުގައި ބޭތިއްބުމުގެ އަމުރުކޮށްފައިވާ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންދާ އައިލެންޑް އެސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން ފުލުހުންނާ ކުރިމަތިލާފައި ވަނީ މުސާރަ ނުދީގެން ކުރި އިހްތިޖާޖު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަން ފެށުމުންނެވެ. ފުލުހުންނާ ކުރިމަތިލައި، ބިދޭސީން ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގާފައެވެ. ހަމަނުޖެހުމުގައި ފުލުހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވިއެވެ. އަދި ފުލުހުންގެ ވެހިކަލަކަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. އެ ހަމަނުޖެހުމުގައި އެ ސަރަހައްދުގައި ހުރި ބައެއް ފިހާރަތަކުގެ ލޯގަނޑުތައް ތަޅައިގެން ވެސް ގޮސްފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *