އެއްވުންތައް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި: ހޯމް މިނިސްޓްރީ

"ޖާގައެއްނެތް" ނަމުގައި ވެލާނާގޭ ކައިރީގައި ކުރި މުޒާހާރާ: ފޮޓޯ / ހަތާވީސް

މާލޭގައި މުޒާހަރާއެއް ކުރާ ކަމަށްވާ ނަމަ އެކަން ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ގުޅިގެން މާލޭގައި އަންނަނީ އިހުތިޖާޖުތައް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ބައެއް ފަރާތްތަކުން އަންނަނީ އިހުތިޖާޖުތައް ކުރަމުންނެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

ކާނިވާ ސަރަހައްދުގައި އެއްވެ އުޅެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *