މަޖިލިސް ޖަލްސާއަށް ގަޑި ޖެހިއްޖެ ނަމަ މެންބަރުންގެ މުސާރައިން ކަނޑަނީ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: މެންބަރުން މަޖިލިސް ޖަލްސާ އަށް ގަޑިޖެހުމުން މުސާރައިން ކަނޑާ ގޮތަށް ގަވާއިދު އިސްލާހު ކުރަން އެމަނިކުފާނު ވަނީ ހުށަހަޅާފައި -- ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ މެންބަރުންގެ މުސާރައިން ކަނޑާ ގޮތަށް ޖިލީހުގެ ގަވައިދު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފިއެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލީހަށް ވަޑައިގެން މެމްބަރުން ސޮއިކުރައްވާ ހާޒިރީގައި ސޮއި އާއި ޖެހިގެން ކޮލަމެއް އިތުރުކޮށްް، ހާޒިރުވެވަޑައިގެންނެވި ގަޑި ޖަހަން ޖެހޭ ގޮތަށް އޮތުން ފެންނަ ކަމަށެވެ. މެމްބަރުންގެ ހާޒިރީ އާއި މުސާރައާ ގުޅުން އޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ގަވައިދު އެގޮތަށް ބަދަލުކުރަން އާއްމު ކޮމިޓީގައި އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ މަސަައްކަތްތައް ގަވައިދުގައި ވަރަށް ސާފުކޮށް އެބަ އޮތް ކަަމަށާއި އެ ވަރަށް ހާޒިރުވެވަޑައިގެން މަސައްކަތް ކުރައްވަން މެމްބަރުން ތިއްބެވީ ހުވާކުރައްވައިގެން ކަަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ހެނދުނު 9:00 ގައި ފެށިއިރު މަޖިލިސް ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ 30 މެންބަރުންނެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 85އެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 82،000 ރުފިޔާ ލިބިވަޑައިގަންނަވަ އެެވެ. ކޮވިޑް-19 އާއި ގުޅިގެން މުސާރަ ކުޑަކުރުމުން ކޮމިޓީ އެލަވަންސާއެކު ވެސް މެމްބަރަކަށް 69،750 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *