ޕޮޒިޓިވްވާ މީހުން އިތުރު ވާތީ އެއްވުންތައް ނުބޭއްވުމަށް އެދިއްޖެ

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު/ ފޮޓޯ- ހަތާވީސް

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނާތީ އެއްވުންތަކާއި ހަފްލާތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުމުންދާ ކަމަށާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްތުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެޗްޕީއޭ އަށް ފާހަގަކުރެވުނު ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެއް ސަބަބެއް ކަމަށް އެ އެޖެންސީން ބުނީ ލޮކްޑައުނަށް ލުއި ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާ ގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުންދިޔުން ކަމަށެވެ.

އެހެން ކަމުން ލޮކްޑައުން އަށް ލުއިދިނުމަށް އެޗްޕީއޭއިން އާއްމު ކޮށްފައިވާ ގައިޑްލައިންތަކަށް އަމަލުކުރަން އެ އެޖެންސީން ވަނީ ބާރު އަޅާފައެވެ. އެގޮތުން މި ހާލަތުގައި 30 މީހުންނަށް ވުރެ ގިނަ މީހުން ތަންތަނަށް އެއް ނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާލަތުގައި 30 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް އެއްނުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ އެއްވުންތައް ފިޔަވައި، އޮފީސް މަސައްކަތާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށްވުރެ މަދުން ބައިވެރިވާ ބައްދަލުވުންތައްވެސް ކޮންމެހެން ބާއްވަންޖެހޭ ހަލަތުގައި ނޫނީ ނުބޭއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *