ރާއްޖޭގެ އިސްތިގުލާލު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަކަށް ވިއްކާލި ވާހަކަ ޗައިނާ ސަފީރު ދޮގުކޮށްފި

ޗައިނާގެ ސަފީރު ރައީސް ނަޝީދާ ބައްދަލުކުރައްވައިފި/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް އިދާރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ރާއްޖޭގެ އިސްތިގުލާލު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަކަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ދޮގުކުރައްވައިފިއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރަށް ފާޑު ކިޔާ އިންޑިއާ ނޫސްވެރިިޔަކު ލިޔުނު ލިޔުމަކާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ހުޅުވާލެވިފައިވާ ސިޓީފުޅެއްގައެވެ. އެ ސިޓީފުޅުގައި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 12 ރަށެއް ޗައިިނާ ސަރުކާރުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ޗައިނާ ސަފީރު ވަނީ ރައީސް ނަޝީދުގެ އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓްވީޓާގައި ޓެގު ކުރައްވާ ނަޝީދުގެ އެވާހަކަތައް ދޮގު ކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ 12 ރަށެއް ޗައިނާގެ ކުންފުނިތަކަށް ވިއްކާލި ވާހަކަ ނޯންނާނެ ކަމަށެވެ. އަދި ތެދުވެރިކަމާއި އެކުގައި އެކަން ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ.

ރުކާރު ހިންގާ މައި ޕާޓީގެ ރައީސަށް ކަމުގެ ދެކޮޅު ހަގީގަތް ބައްލަވާލައްވަން ވަގުތު ނެތުމުން ހިތާމަކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައާއި ފަތުރުވެރިކަމާއި އެހެނިހެން ބޮޑެތި މަޝްރޫއުތަކުގައި ވެސް ޗައިނާއިން ރާއްޖެއާއެކު ވަރަށް ކައިރިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *