ޑޮލަރު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަނީ

ޑޮލަރު ގުނަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ޑޮލަރު ހޯދައި ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދަމުން އަންނަ މައްސަލަތައް މިފަހަކަށް އައިސް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ގިނަ އަދަދުތަކުން މީހުން އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަށް ހިޔާނާތްތެރިވާ މައްސަލަތައް މިފަހަކަށް އައިސް ހުށަހެޅޭލެއް އިތުރުވެފައިވާ ކަމަށެވެ.

ޑޮލަރު ހޯދައި ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ މިފަދަ މީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓު ފޯމުތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށް ފައިސާ އަތުލަމުންދާކަން މިފަހަކަށް އައިސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިފަދަ ކުށްކުށުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި އޮތޮރައިޒްޑް މަނީ ޗޭންޖާސް މެދުވެރިކޮށް ނޫނީ އެފަދަ މުއާމަލާތްތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *