މަޖިލިސް ދެ މެންބަރަކު އައިސޮލޭޝަންގައި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު އައިސޮލޭޝަންގައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ހާޒިރީ އިއްވަމުން ރައީސް ނަޝީދު ވިދާޅުވީ އައިސޮލޭޝަންގައި މަޖިލީހުގެ ދެ މެންބަރަކު އެބަ ތިއްބެވި ކަމަށެވެ. ނަމަވެސް އައިސޮލޭޝަންގައި ތިއްބެވީ ކޮން މެންބަރުންނެއް ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.

އައިސޮލޭޝަންގައި މީހުން ބަހައްޓަނީ ޕޮޒިޓިވްވުމުންނާއި ނުވަތަ ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓް ވެފައި ތިބޭ މީހުންނެވެ.

މީހެކުރިންވެސް ރައްޔިތުން މަޖިލީހުގެ މެންބަރުން ދިރިއުޅުއްވާ ގެތައް މޮނީޓަރިންގެ ހާލަތަށް ލާފައިވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަޖިލިސް މެންބަރަކު ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މަޖިލިސް ދެ މެންބަރަކު އައިސޮލޭޝަންގައިވާއިރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އނަްނަނީ އިތުރުވަމުންނެވެ. އެކަމުގެ ސަބަބުން ދީފައިވާ ލުއިތައް އަލުން ހަރުކަށި ކުރަން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ އިސް ޑޮކްޓަރު، ޑރ. އަލީ ލަތީފު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *