ސީއެސްސީގެ ރައީސް ޝަމީމް އިސްތިއުފާ ދީފި

ސިވިސް ސާވިސް ކޮމިޝަންގެ އިސްވެރިން މަޖިލިސް ކޮމެޓީގައި -- ފޮޓޯ / މިހާރު

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ.އަލީ ޝަމީމު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ޝަމީމްވެސް ހިމެނިވަޑައިގަންނަވާހެން އެ ކޮމިޝަނުގެ ހަތަރު މެންބަރެއް މަގާމުން ވަކި ކުރެއްވުމަށް މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، މިއަދުގެ ޖަލްސާގައި އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓަށް ނާހާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަގާމުން ވަކިކުރަން ނިންމާފައިވާ އަނެއް ތިން މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

ސީއެސްސީގެ އެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން ހުށަހެޅީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

އެ ބޭފުޅުން މަގާމުން ވަކިކުރަން ހުށަހެޅީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި ގުޅޭ މައްސަލަތަކަކާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *