އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސުޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ / މިހާރު

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވައިލައްވާފައި މި ވަނީ، އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ތިން މެންބަރުންގެ މަގާމް ހުސްވެފައިވާތީއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 19، 20 އަދި 21 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް http://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެންއައިސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލިއިރު ސީއެސްސީގެ ހަތަރު މެންބަރަކު މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. އެންއައިސީން ވަކި ކުރުމަށް ނިންމާފައި ވަނީ އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން މެމްބަރު ހަދީޖާ އަބްދުﷲ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *