އިމްރާން ޖިންސީ އަނިޔާކުރި ކަމަށްބުނާ އޯޑިއޯގެ ސައްހަކަން ފުލުހުން ބަލަން ފަށައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖިންސީ އަނިޔާކުރި ކަމަށްބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ އޯޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ އޯޑިއޯގެ ސައްހަކަން ބަލަމުން އަންނަ ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ޑައިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ އެ މައްސަލާގައި ހޯމް މިނިސްޓްރީގެ ކޮމެންޓެއް ނެތް ކަމަށެވެ. ނަމަވެސް އެފަދަ މެއް ނުހިނގާކަން ކަށަވަރުކޮށްދޭ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ގުޅޭ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަލީ ވަހީދުގެ މައްޗަށްޗެސް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވި އޭނާ ވަނީ މަގާމުން ވަކި ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *