އާ ޔުނީފޯމުން ރައްކާތެރިކަމާއި ކޮލެޓީ ކަށަވަރުވާނެ: އައިޖީއެމްއެޗް

ނަރުހުންގެ ޔުނީފޯމަށް އަލަށް ގެނައި ބަދަލުންގެ ސަބަބުން ނަރުހުންގެ ރައްކާތެރިކަމާއި ކޮލެޓީ ކަށަވަރު ވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ވިލު ނޫ ކުލައިގެ މާތައް ޖެހި ޔުނީފޯމް ދޫކޮށް މިއަދު އަލަށް ބޭނުން ކުރަން ފެށި ޔުނީފޯމުގައި އެއްވެސް ޑިޒައިނެއް ނުހުރެއެވެ. އެކަމަކު އާ ޔުނިފޯމްގެ ކުލައަކީ ވިލު ނޫ ކުލައެވެ. އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅެއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދު ބޭނުން ކުރަން ފެށި ޔުނީފޯމު ފަސޭހަވެފައި، ނަރުހުންނަށް ރައްލާތެރިކަމާއި ކޮލެޓީ ކަށަވަރު ވެގެންދާނެއެވެ.

ހުދު ކުލައިގެ ޔުނިފޯމް ދޫކޮށް، މާ ޖެހި ޔުނީފޯމަށް ނަރުހުން ބަދަލުވީ 2018 ވަނަ އަހަރުގެ މެއި 12ގައެވެ. އަނެއްކާވެސް ޔުނީފޯމް މި ބަދަލު ކުރި ދެ އަހަރާއި ދެ މަސް ފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *