ދުވާފަރުން ތިން މީހަކު ޕޮޒިޓިވްވެ، ރަށަށް އަރާ ފޭބުން މަނާކޮށްފި

ރ. ދުވާފަރު --

ރ. ދުވާފަރުން ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި ތިން މީހުންނަކީ މާލެއިން ހޯމް ކަރަންޓީނަށް ދިޔަ ތިން މީހެކެވެ. އެ ތިން މީހުން ޕޮޒިޓިވްވީ ކަރަންޓީނުން ދޫކޮށްލި ފަހުންނެވެ. ރަށަށް އަރާ ފޭބުން މަނާކުރި އެރަށުގައި ބަލި ފެތުރި ދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މި ތިން މީހުންނަކީ މިދިޔަ މަހުގެ 19ވަނަ ދުވަހު ދުވާފަރަށް ހޯމް ކަރަންޓީނަށް ދިޔަ ތިން މީހުންނެވެ. އެމީހުންގެ ސާމްޕަލް ނެގިއިރު ފުރަތަމަ ދެއްކީ ނެގެޓިވް ކޮށެވެ. އެމީހުން ދޫކޮށްލީ މީގެ ދެ ދުވަސް ކުރިންނެވެ.

އެއާ އެކު އެ މީހުން ދިރިއުޅެމުންދާ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު އެޗްޕީއޭ އިން މިރޭ ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ދުވާފަރުގެ އިތުރުން އއ. ތޮއްޑޫ، ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރިން ދުވަހު ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *