ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅު އެރުމުގެ ފުރުސަތު ބޮޑު، ސަމާލުވޭ!

ގދ. ތިނަދޫ އަށް އުދަ އަރަނީ --

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅު އެރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާޅުމުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓަށް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ އިދާރާއިން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ހައުމީ އިދާރާއިން ހާމަކުރެއެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން މިދިޔަ ހުކުރު ދުވަހު ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ރާޅު އެރުން އެންމެ އެކަށީގެން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކަމަށެވެ. މިކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުވެ ތިބުމަށާއި އަދި ވަކިން ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.

މެޓް އޮފީހުން ބުނީ މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. މީގެއިތުރުން ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމު ކަމަށް މެޓް އޮފީހުން ބުންޏެވެ.

ވޭތުވެދިޔަ ދެ ދުވަހުވެސް ބައެއް ރަށްތަކަށް އުދަ އަރާ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *