ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ތ. އަތޮޅަށް ވައިޓް އެލާޓު ނެރެފި

ބޯކޮސް ވާރޭ ވެހެނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފައި ވަނީ މިއަދު ފަތިހު 5:30އިން ފެށިގެން ހެނދުނު 9:00ގެ ނިޔަލަށެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ އުދައިގެ އަސަރުވެސް ވަރަށް ބޮޑަށް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *