މުލީ ސްކޭޓް ޕާކު: ޖަޒީރާވެފައި، ކުޑަކުދިންނާ މާ ރައްޓެހި

މ. މުލީ ސްކޭޓް ޕާކު: ހިތްގައިމުވެފައި، ކުޑަކުދިންނަށް މާ އުފާވެރި

ސަރުކާރުން ހަރަދުކޮށްގެން މ. މުލީގައި ހެދި ސްކޭޓް ޕާކުގެ ހިތްގައިމު މަންޒަރުތައް ފެނި ގިނަ ބައެއްގެ ތައުރީފު "ބަންޑުން ވެއްޖެ"އެވެ.

ސްކޭޓް ޕާކުގެ ފޮޓޯތައް އާއްމު ކުރެއްވީ މިނިސްޓަރ އަހުމަދު މަހުލޫފެވެ. އެމަނިކުފާނު ހިންގަވާ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީން ދެ ލައްކަ ރުފިޔާ ހަރަދުކޮށްގެން ހެދި ތަނުގެ ފޮޓޯތަކުން ފެންނަ ގޮތުން ސްކޭޓް ޕާކު ބޭނުންކުރާ ކުޑަކުދިންނާއި ފުރާވަރު ކުދިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ޕާކުން އެންމެ ރީތިކޮށް ފެންނަނީ އެތަނުގެ މެދުގައި މަންތާއެއް ސިފަވާ ގޮތަށް ހަދާފައިވާ ކޮންކްރީޓެވެ.

ކުޑަކުދިންނާ ގުޅޭ ގޮތަށް ހަދާފައިވާ ސްކޭޓް ޕާކުގެ ފޮޓޯތައް މިނިސްޓަރ މަހުލޫފު އާއްމު ކުރެއްވުމާ އެކު، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެތަނުގެ ރީތިކަމަށް ދަނީ ތައުރީފު ކުރަމުންނެވެ. އިތުރު ރަށްތަކުގައި އެފަދަ ސްކޭޓް ޕާކުތައް ތަރައްކީ ކުރުމަށް ބައެއް މީހުން ދަނީ ސޯޝަލް މީޑއާގައި އެދެމުންނެވެ.

މުލި ހިމެނޭ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިކްރާމް ހަސަން ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށާއި މިނިސްޓަރ މަހުލޫފަށް ޝުކުރު އަދާ ކުރައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *