އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލާ ފާސްކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން މަގާމުން ވަކި ކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ގެ ފުލުހުން ބަލާ ފާސްކޮށްފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ ގެ ބަލައި ފާސްކޮށްފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަލީ ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން ބަލާ ފާސްކުރަމުން އަންނައިރު މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވުމުން އިސްތިއުފާ ދެއްވުމަށް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުންނެވެ.

އަލީ ވަހީދަށް ކުރަނީ ޖިންސީ ފުރައްސައިގެ މައްސަލަތަކެކެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރެއްވުމާއި އެކު އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަށް ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *