ސަމާލުވޭ، އުދަ އަރާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި

ލ. މާވަށަށް އުދަ އަރާފައި ---

ރާއްޖޭގެ ރަށްތަކަށް މިއަދު ބޮޑަށް އުދަ އަރާނެ ކަމަށް ލަފާކޮށް، ޔެލޯ އެލާޓު ނެރެފިއެވެ.

އެލާޓު ނެރެފައި ވަނީ ކ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓު ނެރެފައި ވަނީ މިއަދު 15:00 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.

މާލެ ސިޓީ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ. ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް މި ގަޑިތަކުގައި އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާއިރު ރާޅު އަރާފާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފައި ވަނީ 14:30 ން 18:00 އާއި ދެމެދުގެ ވަގުތަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓަ ދެމެދުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރާ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *