މާވަށަށް އުދަ އަރައިގެން ސިފައިން އެހީތެރިވަނީ

ރާއްޖޭގެ  އެކި  ސަރަހައްދުތަކަށް  މިހާރު  އަރަމުން  އަންނަ  އުދާގައި  ލ.މާވަށަށް  ވެސް  އަސަރު  ކޮށްފައިވާތީ  ސިފައިން  އެހީތެރިކަން  ފޯރުކޮށްދޭން  ފަށައިފިއެވެ.

އެމްއެންޑީއެފް  އިން  ބުނީ  މާވަށަށް  އުދަ  އެރުމުގެ  ސަބަބުން  އެރަށުގެ  ބައެއް  ސަރަހައްދުތަކާއި  މަގުތަކާއި  ގެތަކަށް  ވެލި  ބަސްތާ  ޖެހުމުގެ  މަސައްކަތް  މިއަދު  ހެނދުނު  9:30  އިން  ފެށިގެން ސިފައިން  ކުރަމުން  އަންނަ  ކަމަށެވެ.

ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް ތިން ދުވަހުދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން ވަނީ  ލަފާ  ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *