މިވަގުތު އެންމެ ރަނގަޅީ ގައިދުރުކޮށްގެން ނަމާދުކުރުން: ޑރ. ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ ----

ކޮވިޑް19  ގެ ބަލީގެ  ހާލަތު  ހުރި  ގޮތުން  މާލެ  ސަރަހައްދުގައި އެންމެ  ރަނގަޅީ  ގައިދުރު  ކޮށްގެން  ނަމާދު  ކުރުން  ކަމަށް  ކުރީގެ  އިސްލާމިކް  މިނިސްޓަރު  ޑރ.  މުހައްމަދު  ޝަހީމް  އަލީ  ސައީދު  ވިދާޅުވެއްޖެއެވެ.

ޑރ.  ޝަހީމް  ކުރެއްވި  ޓްވީޓެއްގައި  މިއަދު  ވިދާޅުވީ  މާލޭގައި  ބަލީގެ  ހާލަތު  މިވަގުތު  އޮތް  ގޮތުން  ޖަމާއަތުގައި  ނަމާދު  ކުރާއިރު  އެންމެ  ރަނގަޅީ  ގައިދުރުކޮށްގެން  ތިބެ  ނަމާދު  ކުރުން  ކަމަށެވެ.

އަދި  މިވަގުތު  އިސްލާމީ  ދުނިޔޭގެ  ޖުމްހޫރު  ދަންނަ  ބޭކަލުން  ދެކިވަޑައިގަންނަވަނީ  ބަލި  ފެތުރިފައި  އޮތް  ސަރަހައްދުތަކުގައި  އެގޮތަށް  އަމަލުކުރުން  ކަމަށް  ޑރ.  ޝަހީމް  ވިދާޅުވިއެވެ.

ކޮވިޑާއި  ގުޅިގެން  އަޅާފައިވާ  ފިޔަވަޅުތަކަށް  ލުއިތައް  ދީފައިވާއިރު  ބަލި  ޖެހޭ  މީހުންގެ  އަދަދު  އަންނަނީ  ދުވަހެއް  ދުވަހަކަށް  އިތުރުވަމުންނެވެ.  އިއްޔެ  އެކަނިވެސް  64  މީހަކު  ރާއްޖެއިން  ޕޮޒިޓިވްވިއިރު  މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2،617 އަށް އަރައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *