ތޮއްޑޫ އާއި ނޮޅިވަރަމުން ތިން މީހަކު ޕޮޒިޓިވް ވެއްޖެ

އއ. ތޮއްޑޫ: ޕޮޒިޓްވީ 9 އަހަރުގެ އަންހެން ކުއްޖެއް-- ފޮޓޯ/ އަހުމަދު ޝަރުވާން

ހދ. ނޮޅިވަރަމާއި އއ. ތޮއްޑޫގެ ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

ތޮއްޑޫއިން ޕޮޒިޓިވްވެފައި ވަނީ ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޓެސްޓު ހެދީ، ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުންނެވެ.

ނޮޅިވަރަމް އިން ޕޮޒިޓިވްވެފައި ވަނީ މާލެއިން ކޮވިޑް19އަށް ޓެސްޓު ހަދައިގެން، ރަށަށް ދިޔަ މީހެކެވެ. އޭނާގެ ނަތީޖާ ލިބުނީ ނޮޅިވަރަމަށް ދިޔަފަހުންނެވެ. އޭނާ ޕޮޒިޓިވްވުމުން، އޭނާއާއެކު އުޅުނު އިތުރު މީހެއްގެ ޓެސްޓު ހެދުމުން ވަނީ ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމުން ނޮޅިވަރަމުން ކޮވިޑް19 ޖެހިފައި ވަނީ ދެ މީހެކެވެ. އެ ދެ މީހުން ވެސް ތިބީ ހޯމް ކަރަންޓީނުގައެވެ.

ކޮވިޑް19 ޖެހޭ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަދު 44 ދިވެއްސަކަށް ކޮވިޑް ޖެހުނެވެ. އިއްޔެ ވަނީ 33 ދިވެއްސަކަށް ކޮވިޑް ޖެހިފައެވެ.

މިހާތަނަށް 2،617 ކޭސް ރާއްޖެއިން ފެނިފައިވާއިރު، ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 986އެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *