ބަލި ޖެހޭ އަދަދު އިތުރުވަނީ، މިއަދު އެކަނި 64!

ކޮވިޑް19 މާލޭގައި ފެތުރެން ފެށުމުން، ބައެއް މީހުން ރައްކާތެރިކަމުގެ ގޮތުން މާކްސް އަޅައިގެން-- ފޮޓޯ/ ސަން

ކޮވިޑް19 ޖެހޭ އަދަދު އާދަޔާ ހިލާފަށް މައްޗަށް އުފުލިއްޖެއެވެ. މިއަދުވެސް 64 މީހަކަށް ބަލި ޖެހިފައިވާއިރު، ގިނައީ ދިވެހިންނެވެ.

މިއީ ލޮކްޑައުން އުވާލިފަހުން، މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެކެވެ. ވޭތުވެދިޔަ މަސް ދުވަހުގެ ތެރޭގައި ވެސް އެ އަދަދާ އެންމެ ކައިރި ކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ވެސް 56 މީހުންނެވެ.

ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބަލި ޖެހޭ މީހުންގެ ތެރޭގައި މިހާރު އެންމެ ގިނައީ ދިވެހިންނެވެ. އިއްޔެ ބަލި ޖެހުނު 36 މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. މިއަދު ބަލި ޖެހުނު 64 މީހުންގެ ތެރެއިން 44 މީހުންނަކީ ވެސް ދިވެހިންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *