ބައެއް ރަށްރަށަށް ކުރިޔަށް އޮތް ތިން ދުވަހު ރާޅު އަރާފާނެ: މެޓް

ގދ. ތިނަދޫ އަށް އުދަ އަރަނީ --

ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާޅު އެރުން އެންމެ އެކަށީގެން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކަމަށެވެ. މިކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުވެ ތިބުމަށާއި އަދި ވަކިން ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.

މެޓް އޮފީހުން ބުނީ މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. މީގެއިތުރުން ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމު ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިދިޔަ ހަފްތާގައިވެސް ބައެއް ރަށްތަކަށް ވަނީ ވަރަށް ބޮދަށް އުދަ އަރާފައެވެ.

Leave a Reply

Your email address will not be published.