މިއަދު އެކަނިވެސް 33 ދިވެއްސަކަށް ކޮވިޑް ޖެހިއްޖެ

މަގުމަތިން ވަކިވަކި މީހުން ކޮވިޑް19އަށް ޓެސްޓު ކުރުމުގެ ގޮތުން ސާންޕަލް ނަގަނީ-- ފޮޓޯ/ ހަތާވީސް

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 33 ދިވެއްސަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 36 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އެގޮތުން 33 ދިވެއްސަކަށް ބަލި ޖެހިފައިވާއިރު ބަންގްލަދޭޝް 2 މީހަކާއި އިންޑީއާ މީހަކަށް ވެސް ބަލި ޖެހިފައިވެއެވެ.

މިއީ ފަހުގެ ތާރީހެއްގައި މިހާ ގިނަ ދިވެހިންނަށް އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނައިން ބަލި ޖެހުނު ފުރަތަމަ ދުވަހެވެ.

ރާއްޖެއިން ބަލި ޖެހުނު 2،553 މީހުންގެ ތެރެއިން 909 މީހުންނަކީ ދިވެހިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *