އަނެއްކާވެސް މަޖިލީހުގެ މުވައްޒަފަކަށް ކޮވިޑް ޖެހިއްޖެ

ރައްޔިތުން މަޖިލީހުގެ އިދާރާގެ ބޭރު: ފޮޓޯ / މިހާރު

ރައްޔިތުން މަޖިލީހުގެ އިތުރު މުވައްޒަފަކަށް ކޮވިޑް19 ޖެހިއްޖެއެވެ.

މީގެކުރިންވެސް މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެ މުވައްޒަފު ޕޮޒިޓިވްވުމާއި ގުޅިގެން އޭރު މަޖިލިސް އިދާރާ ވަނީ ޑިސްއިންފެކްޓު ކޮށްފައެވެ. އަދި ޕޮޒިޓިވްވި މުވައްޒަފާއި ކޮންޓެކްޓުވި މުވައްޒަފުން ވަނީ ޓެސްޓު ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ އިތުރު މުވައްޒަފު ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު މަޖިލިސް އިދާރާ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މިފަހަރު ޕޮޒިޓިވްވެފައި ވަނީ މަޖިލީހުގެ ޑްރައިވަރެކެވެ.

މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2،517 އަށް އަރާފައެވެ. އަދި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 2،180 އަށް އަރާފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަަދު ވަނީ 319 އަށް ތިރިވެފައެވެ.

ރާއްޖެއިން ބަލި ޖެހިގެން މަރުވީ، 13 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *