ދައުލަތަށް ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ ރައީސް ޔާމީން ގޮވައިގެން އޭޖީން ކޯޓަށް ދަނީ

ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ނިންމާލުމަށްފަހު އެމަނުކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދަނީ: ފޮޓޯ / ހަތާވީސް

ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްކޮށްފައިވާ ކުރި ހުކުމްގައި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ދެއްކުމަށް އަންގާފައިވީ ނަމަވެސް އެފައިސާ ދައްކާފައި ނުވާތީ ރައީސް ޔާމީނާއި ދެކޮޅަށް ދައުވާ ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ނިންމައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ރައީސް ޔާމީންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމާފައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ.

އެ ދުވަހު ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރިއިރު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެ ހުކުމްގައި ވަނީ ހަމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ފައިސާ ދެއްކުމަށް އަންގާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން އެ މައްސަލަ ހުށަހަޅަން ނިންމާފައިވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ [ކްރިމިނަލް ކޯޓުން ކުރި ހުކުމް] ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލާގައި ދެން އޮތީ ހުކުމް އިއްވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *