އަލީ ވަހީދު މައްސަލަ ފުލުހަށް، ތަހުގީގު ކުރަނީ ޖިންސީ ގޯނާގެ މައްސަލަ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެ ވުޒާރާއާ ހަވާލުވެގެން ހުންނެވި ވަޒީރު އަލީ ވަހީދު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ، ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދާ ދެކޮޅަށް އެ ތަހުގީގު ފަށާފައި ވަނީ އޭނާ އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އަންގާވާފައި ވަނިކޮށެވެ. އެކަމާ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރީ އެކި ދުވަސްމަތިން ކަމަށް އެ މުވައްޒަފުން ވަނީ ކިޔައިދީފައެވެ. ދަތުރުތަކުގައްޔާއި ރިސޯޓުތަކަށް ގެންގޮސްގެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބައެއް މުވައްޒަފުން ވަނީ ރައީސް ސޯލިހަށް ކިޔައިދެއްވާފައެވެ. އެ ވާހަކަތަކަށް އަޑުއިވި، ރައީސް މިރޭ ވަނީ ވަގުތުން ފިޔަވަޅު އަޅުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *